އައްޑޫގެ ސިޓީ ހިތަދޫގައި ހުންނަ މަސްފެކްޓްރީގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ 05:53 ގައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ހިތަދޫގެ ފަޔާ ސްޓޭޝަންގެ ކުރި މަސައްކަތުން މިހާރު އަލިފާން ކޮންޓްރޯލްވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެ ފެކްޓްރީއަށް އެކަމުގެ ސަބަބުން ލިބުނު ގެއްލުން ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.