03 Mar 2019, 17:30
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މެދުވެރިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމުގެ ތުހުމަތު އޭސީސީގެ މެމްބަރުންގެ މައްޗަށް ވަނީ ކުރެވިފަ އެވެ. އެގޮތުން އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގް މައްސަލައެއް މިހާރު ފުލުހުން ދަނީ ބަލަމުންނެވެ.
އެހެން ކަމުން، އެ ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައި އެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ބަންޑާރަނައިބުގެ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ވަކީލާ މަރިޔަމް ޝުނާނާ އެވެ.
ޝުނާނާ ވަނީ އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރަން ގޮވާލައި ޕެޓިޝަނަކަށް ސޮއި ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
RT & sign#RayithungePetition
Petition requesting to remove ACC members suspected of grand corruption.
You can collect signatures & upload it on google drive or email scanned or photo of signed petitions to:[email protected]
Link to petition:https://t.co/5fyeZRLnl5pic.twitter.com/DKM7IEKkro— SHUNA ⚖️ (@ShunanaMariyam)March 3, 2019
އެ ޕެޓިޝަނަށް އެކަށީގެންވާ ވަރަށް ސޮއި ލިބިމުން، މަޖިލީހުގެ މެމްބަރަކަށް ހުށަހަޅުއްވައި، އެ މެމްބަރު މެދުވެރިކޮށް މަޖިލީހުގެ ތެރެއިން އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ.
އެ ޕެޓިޝަނަށް ސޮއި ހޯދުމުގެ ހަރަކާތެއް އޭނާ ވަނީ މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންގޮސްފަ އެވެ.
"ހުކުރު ދުވަހު ދެ ގަޑި އިރުގެ ތެރޭގައި ނެގުނު ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ ސޮއި،"
އޭގެ އިތުރުން، އެ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް އައްޑޫ ސިޓީގައި ވެސް ދަނީ ކުރަމުންނެވެ.
Thank you all for sigining petition to remove ACC members. Special thanks to Addu City Deputy Mayor@Yasriph& other council members,@RoxeynaThank you uz@ShunanaMariyamfor bringing this up to us#RayithungePetition#ZeroTolerance2corruption#beyrukureypic.twitter.com/CjPqRabJLJ
— Abdulla Naushad ???????? (@NouwaNaushad)March 2, 2019
ޝުނާނާ ވިދާޅުވީ، އެ ޕެޓިޝަނުގައި މިހާތަނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، މަޖިލީހުގެ ތިން މެމްބަރަކު ސޮއިކޮށްފައިވާ ކަމަށެވެ. ޕެޓިޝަނުގައި ސޮއި ކުރެއްވި ތިން މެމްބަރުންނަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މާފައްނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.
I got a bit too overjoyed when raees@MohamedNasheedsigned the petition & I think I might have scared the bodyguards ????
ACC members#beyrukurey.#ZeroTolerance2corruptionpic.twitter.com/hpv67GSOlW— SHUNA ⚖️ (@ShunanaMariyam)March 1, 2019
އެބޭބޭފުޅުންގެ އިތުރުން، ސިޓީ މޭޔަރުންނާއި، ކައުންސިލަރުންނާއި ގިނަ އަދަދެއްގެ އާންމުން މިހާތަނަށް ވަނީ ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ. ޝުނާނާ ވިދާޅުވީ، މިހާތަނަށް ގާތްގަނޑަކަށް 500 ސޮއި ލިބިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މެދުވެރިކޮށް އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުުގެ މަސައްކަތް ޝުނާނާ ފަށާފައިވާ އިރު އޭނާ ވިދާޅުވީ، އެ މައްސަލަ ވައްދަން ބޭނުން ވަނީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަަށެވެ.
ޝުނާނާ އިސްކޮށް ހުންނަވައި އޭސީސީގެ މެންބަރުން ވަކިކުރަން ގޮވާލައި މީގެ ކުރިން ވަނީ މުޒާހަރާއެއް ވެސް ކޮށްފަ އެވެ.