03 Mar 2019, 17:25
ބޭރު ތިން ގައުމެއްގެ ސަފީރުން ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
ރައީސް ސޯލިހަށް މިއަދު ފަތްކޮޅު އެރުވީ، ސްޕެއިން އާއި ނިއު ބެލްޖިއަން އަދި ޕޯޖުގީޒު، މި ތިން ގައުމުން ރާއްޖެ އަށް އަލަށް ކަނޑައެޅުއްވި ތިން ސަފީރުންނެވެ.
އެގޮތުން ސްޕެއިން އިން ރާއްޖެ އަށް އަލަށް ކަނޑައެޅުއްވި ސަފީރު ހޯޒޭ ރަމޯން ބަރަނާނޯ ފަނާންޑޭޒެވެ. ބެލްޖިއަން އިން ރާއްޖެ އަށް އަލަށް ކަނޑައެޅުއްވި ސަފީރަކީ ފްރާންސިއޮސް ޑެލްހޭވް އެވެ. ޕޯޗުގިން އިން ރާއްޖެ އަށް އަލަށް ކަނޑައެޅުއްވި ސަފީރަކީ ޖޯސޭ ޑި ޕިންހޯ ޕެރެއިރާ އެވެ.
ތިން ސަފީރުގެ ފަތްކޮޅު އެރުން އޮތީ މިއަދު ރައީސް އޮފީހުގައި ވަކި ވަކިންނެވެ. ކޮންމެ ސަފީރަކާވެސް ބައްދަލު ކުރެއްވުމަށް ފަހު، ދެގައުމުގެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި އިތުރަށް ގުޅުން ބަދަހި ކުރަން ބޭނުންވާ ދާއިރާތަކާ މެދު ވެސް ތިން ސަފީރުންނާ ރައީސް މަޝްވަރާ ކުރެއެވި އެވެ.
ތިން ސަފީރުންވެސް ރާއްޖޭގެ ސަފީރު ކަން ކުރެއްވުމަށް ހަވާލުވެވަޑައިގަތުމާ ގުޅިގެން ތިން ސަފީރުންނަށް ވެސް ރައީސް މަރުހަބާ ދެންނެވިއެވެ.