މާލޭ ލޮނުޒިޔާރަތް މަގުގައި ހުންނަ ޖަލްޕަރީ ފޮތި ފިހަރާ ފަޅާލައި ވަކި ލާރިކޮޅެއް ވަގަށް ނަގައިފި އެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހެނދުނު 9:28 އެހާކަންހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ފިހާރަ ފަޅާލައި، ފިހާރައިން ވަކި ރުފިޔާތަކެއް ވަގަށް ނެގި މައްސަލައެއް އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދާ ކަަމަށެވެ.

ވަގަށް ނަގާފައި ވަނީ ކިތައް ރުފިޔާގެ ވަކި ލާރި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ޖަލްޕަރީ ފިހާރަ ފަޅާލައި ވަކި ރުފިޔާތަކެއް ވަގަށް ނަގައިފައިވާ އިރު، ރޭ މާލޭގައި ބިދޭސީންތަކެއް ދިރިއުޅޭ ގެއަކުން ފައިސާތަކާއި ތިން ފޯނު ވަނީ ފޭރިގެންފަ އެވެ.

މި އަހަރު މިހާތަނަށް ވައްކަމުގެ 634 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅައިފަ އެވެ. އޭގެ ތެރޭގައި މިމަހުގެ މި ހިނގައި ދިޔަ ތިން ދުވަސް ތެރޭ ހުށަހެޅި 20 މައްސަލަ އެއް ހިމެނެ އެވެ.