މަސްތުވާތަކެތީގެ މައްސަލަލައެއްގައި އިއްޔެ މާލެއިން ހައްޔަރުކުރި 21 މީހުންގެ ތެރެއިން 12 މީހަކަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތު އަދި ތިން މީހަކަށް ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރު ކުރިކުޑަކުއްޖާ އާއި އިތުރު ފަސް މީހަކު ވެސް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ މާފަންނުގައި ހުރި ގެއަކުން މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ މީހުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނޭ ކަމަށާއި އެމީހުން ތިބި ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އަޅާފައި ހުރި 38 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

ހުކުރު ދުވަހު ވެސް ފުލުހުން ވަނީ ބަނގުރާފުޅިތަކާ އެކު މާލޭ މަގުމަތިން ބަޔަކު ހައްޔަރުކޮށްފަ އެވެ.