ކާމިޔާބު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް ފަހަތަށް ޖައްސާލުމަށްފަހު އިންސްޓަގްރާމްގައި އެންމެ ފޮލޮވަރުން ގިނަ އަންހެން ތަރިއަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރޭންޑް ވެއްޖެއެވެ.

އިންސްޓަގްރާމްގައި ސެލީނާއަށް ފޮލޯކުރަނީ 146 މިލިއަން މީހުންނެވެ. އަދި އަރިއާނާއަށް ފޮލޯކުރަނީ 147 މިލިއަން މީހުންނެވެ.

ބޭރުގެ ހަބަރުތައް ބުނާގޮތުގައި ވޭތުވެދިޔަ ހަތަރު މަހު 13 މިލިއަނެއްހާ މީހުން އަރިއާނާއަށް ފޮލޯކޮށްފައިވާ ކަމަށެވެ. އޭނާ އިންސްޓަގްރާމްގައި އެހާ ކުރިއަށްޖެހިލީ އޭނާގެ އެންމެ ފަހުގެ އަލްބަމް "ތޭންކް ޔޫ ނެކްސްޓް"އަށް ފަހުއެވެ.

އެ އަލްބަމަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ. އަރިއާނާއަށް ވުރެ ކުރީގައި އިންސްޓަގްރާމްގައި އުޅެނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއީ 156 މިލިއަން ފޮލޮވަރުންނާއެކުގައެވެ.

މަސްދަރު: ގަލްފް ނިއުސް