03 Mar 2019, 10:04
މާލޭގައި ބިދޭސީންތަކެއް ދިރިއުޅެމުން އަންނަ ގެއަކަށް ރޭ ދަންވަރު ބަޔަކު ވަދެ ވަޅީން ބިރު ދެއްކުމަށް ފަހު ތިން ފޯނާއެކު ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 03:30 ހާއިރު ގަލޮޅު ގެއެއްގެ ގްރައުންޑް ފުލޯގައި އުޅޭ ތިން ބިދޭސީންނަށް ހަތަރު މީހަކު ވަދެ ވަޅީން ބިރުދެއްކުމަށްފަހު ރުފިޔާތަކެއް ފޭރިގަނެފައިވާ ކަމަށެވެ.
ޖުމްލަ 6606 ދިވެހި ރުފިޔާ ފޭރިގަތް އިރު ތިން ފޯނެއް ވެސް ވަނީ އެ މީހުން ފޭރިގަނެފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.