02 Mar 2019, 22:35
ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ޕެރޮމޯޓޯއެއްގައި ޕައިލެޓުންތަކެއް ދަތުރު ފަށައިފިއެވެ.
މިއަދު އެ ދަތުރު ފަށައިފައިވަނީ ތުރާކުނުންނެވެ.
މިއީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސްކައި ގައިޒްއިން އިންތިޒާމް ކޮށްގެން ބާއްވާ އިވެންޓެކެވެެ. އެ އިވެންޓްގެ ލީޑް ސްޕޮންސަރަކީ ދިރާގެވެ.
ސްކައި ގައިޒްގެ މެނޭޖިން ޑިރެކްޓަރު ޖާވިދު ހުސައިން "ސަން" އަށް ވިދާޅުވީ އެ ހަރަކާތުގައި ރާއްޖެއިން ބޭރުގެ 10 ޕައިލެޓްއިން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ދެކުނު އެފްރިކާ، އިނގިރޭސިވިލާތް އަދި އޮމާން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
" ވަކި ހިސާބަކުން ރާއްޖޭގެ ޕައިލެޓުންވެސް ބައިވެރިވާނެ ކަމަށް މިބަލަނީ" އޭނާ ވިދާޅުވިއެވެ.
ޖާވިދު ވިދާޅުވި އެ ހަރަކާތުގެ މައިގަޑު މަގްސަދަކީ ރާއްޖޭގެ ރީތިކަން ދައްކައިދިނުމަށް ޑޮކިއުމަންޓްރީއެއް ހެދުން ކަމަށެވެ. އަދި އޭގެ އިތުރުން އެ ދަތުރުގައި އެކި ރަށްރަށުގެ ގެސްޓް ހައުސްތަކުގައި ތިބުމުން އެ ތަންތަން ޕްރޮމޯޓް ވެގެންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
For the first time in Maldives, 10 pilots embark on a 1000 km traverse from Thuraakunu to Addu. On a mission to raise awareness against single use plastic. Follow the adventure with us ????#FlyMaldives#TakeOnTomorrow#SayNoToSingleUsePlasticpic.twitter.com/Dnji8RfCTq
— Dhiraagu (@Dhiraagu)February 28, 2019
" މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް އެންޑް އެޑްވެންޗާ ޓުއަރިޒަމްވެސް ޕްރޮމޯޓް ވެގެންދާނެ." ޖާވިދު ވިދާޅުވިއެވެ.
އެ ހަރަކާތުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުއް ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޖާވިދު ވިދާޅުވީ އެ ހަރަކާތުގެ އަމާޒަކީ މިމަހު 14 ވަނަ ދުވަހަށް ރާއްޖޭގެ އެންމެ އުތުރަށް ދިއުން ކަމަށެވެ.