މެލޭޝިއާ ފަދަ ގައުމުތަކުގައި ކިޔަވާ އަގަށް ޖަރުމަނު ވިލާތުގެ ވެރިރަށް ބާލިންގެ ބާލިން ސްކޫލް އޮފް ބިޒްނަސް އެންޑް އިނޮވޭޝަން ޔުނިވާސިޓީގައި ކިޔެވޭ ރަނުގެ ފުރުސަތެއް އެ ޔުނިވާސިޓީން ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2019" ގައި އެ ޔުނިވާސިޓީއިން ވަނީ ބައިވެރިވެފައެވެ.

ދަރުބާރުގޭގައި އެ ފެއާ މިރޭ ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޔުނިވާސިޓީން ކިޔަވައިދޭ ބައެއް ކޯސްތައް

  • ބެޗެލާސް އިން އިކޮނޮމިކްސް އެންޑް ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • މާސްޓާސް އިން އިންޓަނޭޝަނަލް ޓޫރިޒަމް ހޮސްޕިޓަލިޓީ އެންޑް އިވެންޓް މެނޭޖްމަންޓް
  • މާސްޓާސް އިން ފެޝަން ރީޓެއިލް އެންޑް ލަގްޒަރީ މެނޭޖްމަންޓް
  • މާސްޓާސް އިން ސްޓްރެޓެޖިކް މާކެޓިން
  • މާސްޓާސް އިން ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް
  • ގްލޯބަލް އެމްބީއޭ

އަދި ޔުނިވާސިޓީގެ ކޯސް ފުރިހަމަ ކުރުމަށް ފަހު އެގައުމުގައި ރަނގަޅު ވަޒީފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ފެއާއަށް ޒިޔާރަތްކުރުމުން އެ ޔުނިވާސިޓީއާ ބެހޭ އިތުރު މައުލޫމާތުލިބިވަޑައިގަންނަވާނެއެވެ