02 Mar 2019, 15:11
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ދަށުން އިމާރާތްކުރާ އާ ސީޕްލޭން ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.
އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނީ ސީޕްލޭން ޓާމިނަލްގެ ސްޓްރަކްޗާ އެއްކޮށް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ހިޔާ ކުރުމާއި އެތެރޭގައި ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.
ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އެއާޕޯޓު މަޝްރޫއުގެ ގިނަ މަސައްކަތްތައް ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ) އިންނެވެ.
Development updates@VelanaAirport
New Sea Plane Terminal's main structure installation completed.
Roofing works & internal masonry works are on going.#VIAdevelopmentpic.twitter.com/g7cuvqtUA0— MACL (@MACLmedia)February 28, 2019
އާ ސީޕްލޭން ޓާމިނަލް އަޅަން 3.2 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްފައި ވަނީ ބީޔޫސީޖީ އިންނެވެ.
ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޕަރޭޓުކުރާ ސީޕްލޭން ނެޓްވޯކު އޮންނަނީ ރާއްޖޭގަ އެވެ. ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރަނީ ޓީއެމްއޭ އަދި މޯލްޑިވިއަން އިންނެވެ.