01 Mar 2019, 21:35
ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ އަސްކަރީ ވައިގެ އުޅަނދަށް ބަޑި ޖަހައި ވައްޓާލުމަށްފަހު ޕާކިސްތާނުން ހިފެހެއްޓި އިންޑިއާގެ އަސްކަރީ ޕައިލެޓް އަބިނާންދަން ވަރުތަމަން ދޫކޮށްލައިފިއެވެ.
ޕާކިސްތާނުން އިންޑިއާގެ އަބިނާންދަން ދޫކޮށްލުމުން އޭނާ ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އަނބުރާ ދިޔައީ މިރޭ އިންޑިއާ ގަޑިން 9:00 ގައެވެ.
ޕާކިސްތާނުން އޭނާ ހިފެހެއްޓީ މީގެ ދެ ދުވަސް ކުރިންނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިއްޔެ ވަނީ އޭނާ ދޫކޮށްލާނެކަން އިއުލާނުވެސް ކުރައްވާފައެވެ. ބޮޑުވަޒީރު ވިދާޅުވީ އޭނާ ދޫކޮށްލަން ނިންމީ ސުލްހައިގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.