01 Mar 2019, 20:44
އަންހެނުން ކަސްރަތަށް ހޭލުންތެރި ކުރުވައި ކަސްރަތުގެ މުހިންމުކަން އަންގައި ދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން ރަނިން ރަންގެ ނަމުގައި ދުވުމެއް ބާއްވައިފިއެވެ.
ފަސް ސަތޭކައެއް ހައި އަންހެން ދުވުންތެރިންނާއެކު ބޭއްވި މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި މިއަދު ހަވީރުއެވެ.
މި ރަންގެ ޓައިޓްލް ސްޕޮންސާއަކީ ކެއާ ސޮސައިޓީ އެވެ.
ޓީއެފްޖީ ރަނިން ރަން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ދުވުންތެރިން ދުވުމަށް ރެޖިސްޓްރީވާން ދެއްކި ފީއިން 20 ޕަސެންޓް އަދި ޓީޝާޓު ވިއްކައިގެން ލިބޭ ރުފިޔާގެ 26 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ. ދުވުން ކުރިއަށް ގެންދިޔަ ވަގުތު ކެއާ ސޮސައިޓީއަށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލައިފައެވެ.
ޓީއެފްޖީ ރަނިން ރަން -- ސަން ފޮޓޯ: ފަޔާޒު މޫސާ
މި ދުވުމުގެ ބައިވެރިން ހަތް ކިލޯމީޓަރު ދުވެފައިވާއިރު މި ހަރަކާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ރަނިން ރަން އިންތިޒާމުކޮށް ދުވުން ކުރިއަށް ގެންދިއުމުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އަންހެނުންނެވެ. ރަނިން ރަންގައި ބައިވެރިވެ ދުވުން ނިންމި ކޮންމެ ބައިވެރިއަކަށް ވަނީ މެޑަލް އެއްވެސް ދީފައެވެ.