މާލެ ސާފުކުރުމަށް އެމެރިކަން ސެންޓަރުން މިއަދު ހިންގި ހަރަކާތުގައި މާލެއިން 307 ކިލޯގެ ކުނި ނަގައިފިއެވެ.

ކޮލޮމްބޯގައި ހުންނަ ޔޫއެސް އެމްބަސީގެ ޕަބްލިކް އެފެއާޒް ސްޕެޝަލިސްޓް އައިމިނަތު ޝިޒްލީން ވިދާޅުވީ މިއަދުގެ ހަރަކާތުގައި 117 މީހުން ބައިވެރިވި ކަމަށެވެ.

މާލެ ސާފުކުރުމަށް އެމެރިކަން ސެންޓަރުން ހިންގި ހަރަކާތުގެ ތެރެއިން---- ފޮޓޯ: އެމެރިކަން ސެންޓަރު

އެ ހަރަކާތް ބާއްވައިފައިވަނީ މާފަންނު އިންޑަސްޓްރިއަލް ޒޯންފައި ފަސް ސަރަހައްދަކަށް ބަހާލައިގެންނެވެ.

ޝިޒްލީން ވިދާޅުވީ މިއަދުގެ ހަރަކާތުގައި ޕްލާސްޓިކް ފުޅި ހިމެނޭގޮތަށް 200 ކިލޯގެ ކުނި ނެގި ކަމަށެވެ.

މިއަދުގެ ހަރަކާތުގައި ނެގި ކުނިތައް ހަތަރު ބަޔަށް ވަކިކޮށް އުކާލުމަށް ފޮނުވިކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސާފުކުރުމަށް އެމެރިކަން ސެންޓަރުން ހިންގި ހަރަކާތުގެ ތެރެއިން---- ފޮޓޯ: އެމެރިކަން ސެންޓަރު

އެމެރިކަން ސެންޓަރުން އިންތިޒާމްކޮށްގެން ހިންގާ ހަރަކާތްތައް މިދޔަ އަހަރު ފެބްރުވަރީ މަހުން ފެށިގެން ކުރިއަށް އެބަ ގެންދެއެވެ.

ޝިޒްލީން ވިދާޅުވީ މާލޭގައި ކުރިޔަށް ދާ އެ ހަރަކާތުގައި އެވްރެޖްކޮށް ކޮންމެ ހުކުރު ދުވަހަކުވެސް 100 އާ 400 އާ ދެމެދުގެ މީހުން ބައިވެރިވާ ކަމަށެވެ.