01 Mar 2019, 19:13
ސްވިޒަލެންޑްގެ ލުސާން ސިޓީގައި ހުންނަ ޔުނިވާސިޓީއެއް ކަމަށްވާ ބިޒްނަސް އެންޑް ހޮޓެލް މެނޭޖްމަންޓް ސްކޫލުގައި ކިޔަވަން ބޭނުންވާ ފަރާތްތަަކަށް ޕްލޭސްމަންޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2019" ގައި އެ ޔުނިވާސިޓީއިން ވަނީ ބައިވެރިވެފައެވެ.
ދަރުބާރުގޭގައި އެ ފެއާ މިއަދާ މާދަމާ މެންދުރު 03:00 ން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެ ޔުނިވާސިޓީން ބިޒްނަސް، ހޮސްޕިޓަލިޓީ އަދި ކަލިނަރީ އެކަޑަމީގެ ގިނަ ކޯސްތަކެއް ކިޔަވައިދެއެވެ. އޭގެ ތެރޭގައި ހަޔާ ޑިޕްލޮމާ އިން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނެއެވެ.
އެ ޔުނިވާސިޓިގައި ކިޔަވާއިރު ހަމަސް ކިޔަވުމަށްފަހު އަނެއް ހަމަސް ދުވަހު މުސާރަ ލިބޭގޮތަށް ޕެއިޑް އިންޓާންޝިޕެއް ހަމަޖައްސައިދެއެވެ. އެގޮތުން އިންޓާންޝިޕްގައި މަސައްކަތްކުރާއިރު މަހަކު 2200 ޑޮލަރު މުސާރައިގެ ގޮތުގައި ލިބޭނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
އަދި ޔުނިވާސިޓީގެ ކޯސް ފުރިހަމަ ކުރުމަށް ފަހު އެގައުމުގައި ރަނގަޅު ވަޒީފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
އެ ޔުނިވާސިޓީއާ ބެހޭ އިތުރު މުއުލޫމާތު ފެއާ އަށް ޒިޔާރަތްކުރުމުން ލިބިވަޑައިގަންނަވާނެއެވެ.