11 Oct 2011, 20:29
ގެދޮރު އިމާރާތް ކުރުމުގެ ގިނަ ބާވަތްތަކުން ޑިއުޓީ ނުނަގާ ގޮތަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މުޅި މަޖިލިސް ކޮމެޓީއަކަށް ގޮސްގެން މިއަދު ފާސްކޮށްފި އެވެ. އެ ބިލުމުގެ މަސައްކަތް އިއްޔެ ވެސް ކޮށްފައި ވަނީ މުޅި މަޖިލިސް ކޮމެޓީއަކަށް ގޮސް ތަޅުމުގަ އެވެ.
ސަރުކާރުގެ ފަރާތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު މި އަހަރުގެ ޖޫމް 15ގައި ހުށަހެޅުއްވި ބިލް 38 އިސްލާހަކާއެކު މުޅި މަޖިލީހުގެ ކޮމެޓީން ފާސް ކުރީ، މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކޮށް ނިންމި ކަންތައްތަކަށް ވަކި ވަކިން ވޯޓަށް އަހައިގެންނެވެ.
މަޖިލީހުގެ ހުރިހާ މެންބަރުން ހިމެނޭ ކޮމެޓީއިން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު ފާސް ކުރީ އެވަގުތު ޗެމްބަރަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުން އިއްތިފާގުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 33 އިސްލާހު އަދި (ނ) ގެ ދަށުން ފަސް އިސްލާހެއް ފާސްކޮށްފައިވެ އެވެ.
މިއަދުގެ ކޮމެޓީގައި 38 އިސްލާހެއް ބިލަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ސުން ޕަސެންޓް ޑިއުޓީ ނަގާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ދަގަނޑާއި އެކަތަ އާއި ޓިނާއި އެލްމިނިއަމް ޝީޓާއި އެލްމިނަލް ޕްލޭޓާއި ތިމަރައާއި ތިމަރައިން ތައްޔާރުކޮށްފައިވާ ތަކެއްޗާއި ޒިންކާއި ޒިންކުން އުފައްދާފައި ހުންނަ ތަކެއްޗާއި، ޒިންކް ޝީޓާއި ޒިންކް ޕްލޭޓާއި، ޑަސްތު ޝީޓާއި ޑަސްތު ޕްލެޓާއި ޑިއޯ ފެބްރިކާއި ޑިއޯ ޓެކްސްޓައިލްސް އަދި ލަކުޑިން ސުން ޕަސެންޓް އިންޕޯޓް ޑިއުޓީ ނެގުމަށް ހުށަހަޅާފައިވެ އެވެ.