01 Mar 2019, 12:12
ކަޝްމީރުގައި ދިން ހަމަލާއަށް ފަހު އިންޑިއާއާއި ޕާކިސްތާނުގެ މަޝްރަހު ގޯސްވެ، ޕާކިސްތާނުން އަތުލައިގަތް އިންޑިއާގެ ޕައިލެޓް އަބީނަންދަން ވަރުތަމަންއާ މެދު އެގައުމުގެ ސިފައިން ބެހެއްޓި އިންސާނިއްޔަތުކަމަށް އިންޑިއާގެ ރައްޔިތުންގެ ތައުރީޕް ވެސް ޕާކިސްތާނުގެ ސިފައިންނަށް އޮހެން ފަށައިފި އެވެ.
ޕާކިސްތާނުން އިންޑިއާގެ ޕައިލެޓް އަތުުލައިގަތީ އޭނާ ދުއްވަން އިން ފައިޓާ ޖެޓް ވައްޓާލުމަށްފަހު އެވެ.
Moment when indian pilot was captured. Saved by#PakArmyfrom the angry mob.#budgam#PakistanArmyZindabad#Pakistanstrikesbackpic.twitter.com/5iqhNWz9sR
— Ahle Media Wal Jamat (@AMWJ_Pak)February 27, 2019
ޕައިލެޓް އެންމެ ފުރަތަމަ ފެނުނީ ޕާކިސްތާނުގެ ކަޝްމީރުގެ ރައްޔިތުންނަށެވެ. އޭނާ ފެނުމާ އެކު ރައްޔިތުންގެ ބަޔަކު އައިސް އޭނާއަށް ހަމަލާދީ ހެދިއެވެ. ނަމަވެސް ޕާކިސްތާނުގެ ސިފައިން އައިސް ވަނީ އެކަން ހުއްޓުވައިފައެވެ.
ޚުދު ޕައިލެޓް ވެސް ވަނީ، ޕާކިސްތާނުން އާންމުކުރި ވީޑިއޯއެއްގައި، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީތީ ޕާކިސްތާނުގެ ސިފައިންނަށް ޝުކުރު އަދާކޮށްފަ އެވެ.
Indian pilot thanks Pak Army for saving him from lynch mobpic.twitter.com/uGyxXXAcrH
— atifnadeem (@atifnadeem23)February 28, 2019
"އަހަންނާ މެދު ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް. އެނބުރި އިންޑިއާއަށް ދިއުމަށް ފަހު ވެސް ހަމަ ބުނާނީ މިހެން." ޕައިލެޓް ބުންޏެވެ.
އިންޑިއާގެ މަޝްހޫރު ޖާނަލިސްޓް ބަރްކާ ދަތު ވިދާޅުވީ ޕައިލެޓްއާ ދޭތެރޭ ކަންތައްކުރީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި އަދި އޭނާ ސަލާމަތުން ހުރިތަން ފެނުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.
އިންޑިއާގެ ޓެލެވިޝަން އެންކަރު މާނަވް ގުޕްތާ ވެސް ވަނީ ޕާކިސްތާނުގެ ސިފައިންނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.
"ޕާކިސްތާނުގެ ސިފައިން މޮބުގެ ކިބައިން ޕައިލެޓް ސަލާމަތްކުރަން ބަޑީގެ ބޭނުން ވެސް ކުރި،" މާނަވް ބުންޏެވެ.
ސުލްހައަށް ތަންދިނުމުގެ ގޮތުން ޕާކިސްތާނުން ވަނީ ޕައިލެޓް މިއަދު ދޫކޮށްލަން ނިންމައިފަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މާކަންޑޭ ކާޓްޖޫ ވެސް ވަނީ ޕައިލެޓް ދޫކޮށްލަން ނިންމުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.
: I was earlier a critic of IK, but after the wise&restrained speech he gave on TV I have become his admirer.
— Markandey Katju (@mkatju)February 28, 2019
"އަހަރެން ކުރިން އިމްރާން ހާންއަށް ފާޑު ކިން. ނަމަވެސް މިހާރު އަހަންނަކީ އޭނާގެ ފޭންއެއް." ފަނޑުޔާރު ބުންޏެވެ.
Great News-@ImranKhanPTIsays the Indian Pilot#AbhiNandanwill be released tomorrow as a “goodwill gesture” ????
— Harbhajan Turbanator (@harbhajan_singh)February 28, 2019
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ހަރްބަޖަން ސިންގް ވެސް ވަނީ ޕައިލެޓް ދޫކޮށްލަން ނިންމުމުމުން އެކަމަށް ތައުރީފްކޮށްފަ އެވެ.