01 Mar 2019, 11:40
ކަޝްމީރުގައި ދިން ހަމަލާއަށް ފަހު އިންޑިއާއާއި ޕާކިސްތާނުގެ މަޝްރަހު ގޯސްވެ، އިންޑިއާއިން ޕާކިސްތާނަށް ހަމަލާތައް ދޭން ފެށުމުން އެކަމަށް ފާޅުގައި ތާއިދުކޮށް ވާހަކަ ދެއްކުމުން ޕާކިސްތާނަށް ނިސްބަތްވާ މަޝްހޫރު ލަވަލިޔުންތެރިޔާ އަދުނާން ސާމީ އަށް ބޯޑެތި ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އަދުނާން ސާމީގެ ބައްޕައަކީ ޕާކިސްތާނުގެ ސިފައިންގެ ތެރޭގައި ވަރަށް ބޮޑު ގަދަރެއް ލިބިފައިވާ ބޭފުޅެއް ވެސް މެއެވެ. އޭނާ ވަނީ 1965 ވަނަ އަހަރު އިންޑިއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެއާފޯސްގައި ހަރަކާތްތެރިވެ، ހިތްވަރުގަދަކަމުގެ އެވޯޑެއްވެސް ހާސިލްކޮށްފަ އެވެ.
ނަމަވެސް އަދުނާން ސާމީ ކުރި ޓުވީޓުތަކުގައި ވަނީ އިންޑިއާގެ އެއާ ފޯސްއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ޕާކިސްތާނަށް ހަމަލާތައް ދިނުމަށް ވަރަށް ބޮޑަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކައިފަ އެވެ.
Adnan Sami's Father Was In Pak Air Force Who Fought During 1965 WAR And Received Sitara-e-Jurat. Adnan Sami Just Won Tamgha-e-Begairat
— Umar (@mrjutt01)February 26, 2019
އަދުނާން ސާމީއާ ދެކޮޅަށް ފަޑުކީ ފަރާތްތަކުން ބުނީ އޭނާގެ ބައްޕައަށް ހިތްވަދުގަދަ ކަމުގެ އެވޯޑް ލިބުނަސް، އަދުނާންއަށް ހައްގުވަނީ އެއްވެސް އަގެއް ނެތް މީހެއްގެ އެވޯޑް ކަމަށެވެ.
Biting the hand that feeds you” perfectly suits Adnan Sami,how could this man forget those days when he used to look like BUMPER and it was PAKISTAN who gave him work not only as a singer(zara dholki bjao goriyo)but as an actor(Sargam)as well today he’s calling same country enemypic.twitter.com/NyzUgJVVXU
— Azaad (@IAroojRaja)February 26, 2019
އެހެން މީހަކު ޓުވިޓާގައި ބުނީ އަދުނާންގެ އެ އަމަލަކީ ކާންދޭ އަތުގައި ދަތްއެޅުން ފަދަ އަމަލެއް ކަމަށެވެ. އަދި އަދުނާންގެ ކެރިއަރުގެ ފުރަތަމަ ދުވަސްކޮޅު އޭނާއަށް ލަވަކިޔުމުގެ ފުރުސަތުުތައް ދިނީ ޕާކިސްތާނުން ކަމަށެވެ. އެހެން ނަމަވެސް މިހާރު އަދުނާންއަށް ޕާކިސްތާނު ފެންނަނީ ދުޝްމަނެއްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
އަދުނާންގެ ވާހަކަތަކަށް ރައްދުދީ ޕާކިސްތާނުގެ މީހަކު ބުނީ، އޭނާއަކީ މިހާރު ޕާކިސްތާނަށް ބޭނުންނުވާ މީހެއް ކަމަށެވެ.
His father has banished him and disowned him !
— Saad Rai (@saadrai84)February 27, 2019
އަދުނާން އިންޑިއާއަށް ބަދަލުވީ 2001 ވަނަ އަހަރު އެވެ. އަދި ދާދި ފަހުން އޭނާ ވަނީ އިންޑިއާގެ ރައްޔިތުކަން ވެސް ހޯދައިފަ އެވެ. ރައްޔިތުކަން ލިބުނު ފަހުން އޭނާ ދަނީ ޕާކިސްތާނަށް ވަރަށް ގިނައިން ބަހުގެ ހަމަލާތައް ދެމުންނެވެ.