01 Mar 2019, 11:27
ކޮކޯ ޝިކް ސެލޫނުން ލޯޔަލްޓީ ކާޑެއް ތައާރަފުކޮށްފި އެވެ.
ހުޅުމާލޭގައި މިއަދު އޮތް ދުވުމުގެ ހަފުލާއެއްގައި އެ ކާޑު ތައާރަފުކޮށްދެއްވީ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފާއި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އަބްދުލްގައްޔޫމެވެ.
ކޮކޯ ޝިކްގެ ޖެނެރަލް މެނޭޖަރު އައިޝަތު އަފްރާ މުހައްމަދު (އަނާ) ސަން އަށް ވިދާޅުވީ، މިއަދު ތައާރަފު ކުރި ކާޑާ އެކު އެ ސެލޫނުން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސް ޕަސެންޓުން ފެށިގެން 20 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ ހަތަރު ފަހަރު ސްޓޭމް އުސޫލުން ކާޑަށް ޕޮއިންޓް ޖަމާވާނީ ކަމަށާއި ޑިސްކައުންޓް ލިބެން ފަށާނީ ފަސް ވަނަ ފަހަރުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ވެލާނާގޭ ކުރިމަތީގައި ހުންނަ ޝުވޭސްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ސެލޫނުން ދޭ ހިދުމަތްތަކީ ވަރަށް ފުރިހަމަ ހިދުމަތްތަކެެއް ކަމަށާއި އެތަނުން ދޭ ހިދުމަތްތަކުގެ ތެރެއިން ބޮލުން އިސް ތަށި ފޭބުމަށް މެޝިނަރީ މެދުވެރިކޮށްދޭ ޓްރީޓްމަންޓާއި ޑޭންޑްރަފް ނައްތާލުމަށް ދޭ ޓްރީޓްމަންޓަކީ ކަސްޓަމަރުންގެ މަގުބޫލުކަން ހޯދާފައިވާ ޓްރީޓްމަންޓް ކަމަށް އަނާ ވިދާޅުވި އެވެ.
އަދި ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ ހައިޑްރާ ފޭސަލްގެ ހިދުމަތް ވެސް ވަނީ ދާދިފަހުން އެ ސެލޫނުންދޭ ފަށައިފަ އެވެ. އަނާ ވިދާޅުވީ އެ ހިދުމަތަކީ އިންސްޓޯލްމަންޓް އުސޫލުން ވެސް ދެވިދާނެ ހިދުމަތެއް ކަމަށެވެ.