ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެ މަސް ބޯޓު އެމްޑީއެފް އިން އަތުލައިގެންފި އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ގަވައިދާ ހިލާފަށް މަސްވެރިން ކުރަމުން ދަނިކޮށް އަތުލައިގެންފައިވަނީ އަވަށްޓެރި ސްރީލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މިރޭ 11:30 އެހާކަށް ހާއިރު މި ދެ މަސް ބޯޓު އަތުލައިގެންފައިވަނީ ހއ. ކެލާ ގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އަތުލައިގަތް ދެ މަސް ބޯޓު ހދ. ކުޅުދުފުއްޓަށް ގެނައުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީ އިން ކުރަމުންދާ ކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ މަސް ބޯޓުތައް ދޭތެރެއިން އެމްއެންޑީއެފް އަތުލައިގަނެއެވެ.