އިއްޔެ ދަރުބާރުގޭގައި ފެށި "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ގައި ހާއްސަ ސެމިނާތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯވެސް މެއެވެ.

އެ ސެމިނާތަކާ ގުޅޭގޮތުން އަސަރީގެ އިވެންޓް ޑައިރެކްޓަރު އައިޝަތު މުއީނާ ވިދާޅުވީ އެ ސެމިނާތައް އޮންނާނީ މިއަދު އަދި މާދަމާ ހަވީރު ދަރުބާރުގޭގެ ބިއްލޫރި މާލަމުގައި ކަމަށެވެ.

އެގޮތުން މިއަދު މިރޭ ހަތް 07:30 އިން 08:30 " ޑިޒައިން ކެރިއާސް އިން 21 ސެންޗަރީ" ގެ ނަމުގައި ސެމިނާރެެއް އޮންނާނެ ކަމަށެވެ. އެ ސެމިނާގައި އެކަޑަމީ އޮފް ޑިޒައިންގެ ޑިރެކްޓަރު ކެރަން މެކިލިއޮޑް ހާއްސަ ސެޝަނެއް ނަގައިދެއްވާނެ ކަމަށްވެސް މުއީނާ ވިދާޅުވިއެވެ.

ފެބްރުއަރީ 28، 2019: "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2019" ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި މާދަމާ ހަވީރު ހަތަރަކުން ފަހަކަށް " މޮޑާން ޓްރެންޑް އޮފް މެޑިކަލް އެޑިއުކޭޝަން" ގެ ނަމުގައި ހާއްސަ ސެމިނާއެއް އޮންނާނެ ކަމަށްވެސް މުއީނާ ވިދާޅުވިއެވެ. އެ ސެމިނާއި މެޑިކަލް ކެރިއާއާއި އަދި އޭގައި ހުރި ފުރުސަތުތަކާ ބެހޭގޮތުން އެޑިއުލަންކާ ގްރޫޕްގެ ސީއިއޯ ސެޝަނެއް ނަގައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން މާދަމާާ ހަވީރު 05:00 ން 6:00 އަށް " ޕްރޮޑަކްޓް ޑިވޮލޮޕްމަންޓް ބްރޭންޑިން އެންޑް ވިޝުއަލް މާާކެންޑައިޒިން" ގެ ނަމުގައި ސެމިނާއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މުއީނާ ވިދާޅުވިއެވެ. އެ ސެމިނާގައި މާލޭގެ ފިހާރައެއްގެ އިންޓީރިއާ ޑިޒައިންކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.