މިދިޔަ ހުކުރު ދުވަހު މާލޭ ރެސްޓޯރަންޓަކުން ކެއި ސީފުޑަށް އެލާޖިކްވެގެން ހާލު ސީރިއަސްވި ޒުވާނާ މަރުވެއްޖެއެވެ.

އޭނާ މިއަދު ހަވީރު މަރުވެފައިވާކަން އޭޑީކޭ ހޮސްޕިޓަލުން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ.

މިދިޔަ ހުކުރު ދުވަހު މާލޭ ރެސްޓޯރަންޓަކުން ސީފުޑް ކެއުމުގެ ސަބަބަބުން ހާލު ސީރިއަސްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައީ، 24 އަހަރުގެ ފާތުމަތު ހަނާ އަށެވެ.

ހަނާ އަކީ، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު، އަހުމަދު އަސްއަދުގެ ދޮށީ ދަރިކަނބަލުނެވެ.

ހަނާގެ ބައްޕަ އައްސަދު މީގެ ކުރިން "ސަން" އަށް ވިދާޅުވެފައިވަނީ، ހަނާ އަކީ ކުރިންވެސް ސީފުޑް އަށް އެލާޖިކުވާ ކުއްޖެއްކަމަށާއި އެލާޖިކުވާކަން އެނގިވެސް ހަނާ ކެއީ، އެ ކާހިތްވެފައި ހުރިލެއް ބޮޑުކަމުން ކަމަށެވެ.

"ރެސްޓޯރެންޓުގެ މައްސަލައެއް ނެތްކަމަށް ބުނެވޭނީ. ހަނާއާއެކު ކެއުމުގައި ބައިވެރިވި އެހެން ކުދިންނަށް އެއްވެސް ކަމެއް ދިމާނުވޭ،" އައްސަދު މީގެ ކުރިން ވިދާޅުވި އެވެ.

ހާނާ އެލާޖިކްވެ ހާލު ސިރިއަސްވި އިރު، އޭނާ ދިޔައީ އޭނާގެ ކައިވެންޏަށް ތައްޔަރުވަމުންނެވެ.