28 Feb 2019, 15:31
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފި އެވެ.
އޭނާގެ ސަސްޕެންޝަން މުއްދަތު އިތުރުކުރިކަން ސިވިލް ސާވިސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް ޒުހުރީ ސަން އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ސައީދުގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކުރީ އެއް މަހަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައީދު މިިދިޔަ މަހު ސަސްޕެންޑް ކުރީ ކުރީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ސައީދާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އަދި އޭނާގެ ސަސްޕެންޝަން މި މަހުގެ 25 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.
ސައީދާ ދެކޮޅަށް މިނިސްޓަރު ހުށަހެޅުއްވި މައްސަލަ ޒުހުރީ ވިދާޅެއް ނުވި އެވެ.
ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލަކަށް ހުންނެވި ސައީދު، އެ މިނިސްޓްރީގެ ޕީއެސް އަކަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.