ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޮބްސާވް ކުރުމަށާއި މޮނިޓަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތި ލުމުގެ ފުރުސަތު އިތުރުކޮށްދީފި އެވެ.

އޮބްޒަވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކުރިން އޮތީ މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ. ނަމަވެސް މިހާރު އެފުރުސަތު ވަނީ މިރޭ 12 ޖެހުމަށް ހަމައަށް އިތުރުކޮށްފައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވި އެވެ.

މޮނިޓަރުންނަށްވުމަށް ހުށަހެޅޭނީ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ހަބަރު ފަތުރާ އިދާރާތަކަށެވެ. އަދިއޮބްސާވަރުންނަށްހުށަހެޅޭނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށެވެ.

މޮނިޓަރުންނަށް އަދި އޮބްޒަވަރުންނަށް އެދި ހުށަހަޅާ ފަރާތަކީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހެ އެވެ. އަދި ޖިނާއީ ކުށެއް ތަންފީޒު ކުރަމުންދާނަމަ އޮބްޒަވަރަކަށް އަދި މޮނިޓަރަކަށް ނުވެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންޓަނޭޝަނަލް އޮބްސާވާސްއަށްވެސް ފުރުސަތު ހުޅުވާލާފަ އެވެ.

މަޖިލިސް އިންތިހާބު އޮންނާނީ އެޕްރީމް ހައެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.