ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެއިން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ އެމްޕީއެލް ބަހެއް ހުޅުލެއަށް ފައިބާ ހިސާބުން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 23:29 ގައި ކަމަށެވެ.

އެ އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލްގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާލިބި ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.