ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2019ގައި، އުރީދޫ މޯލްޑިވްސްގެ ދެ ހިދުމަތެއް ދައްކާލައިފިއެވެ.

ބައިނަލްއަގުވާމީ އެތައް ހާއްސަ ޓެކްނޮލޮޖީ ކުންފުނިތަކުގެ ބައިވެރިވުމާއިއެކު، ފަހުގެ އީޖާދުތަކާއި ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކޮންމެ އަހަރަކުވެސް ފެނިގެންދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދުނިޔޭގެ 200 ވަރަަކަށް ގައުމުންް 107،000 ޕްރޮފެޝަނަލުން ބައިވެރިވެއެވެ.

އެ ފެއާގައި އާޓިފިޝަލް އިންޓެލިޖަންސް އަދި ޑީޕް ލާނިންގ ބޭނުންކުރާ ޗެޓްބޮޓުތަކެއްގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކޮށްދިނުމަށް އުރީދޫއިން ހެދި ޑިޖިޓަލް ކެއާ އެސިސްޓަންޓު "އެވީ" ވަނީ ދައްކާލައިފައެވެ.

އުރީދޫން އިން ބުނީ ތަފާތު ޗެނަލްތަކުގައި މަސައްކަތް ކުރާ "އެވީ"ގެ އެހީތެރިކަން، ވޮއިސް ކޯލް އަދި އެސްއެމްއެސް މެދުވެރިކޮށް، އަދި ފޭސްބުކް މެސެންޖަރ، ޓްވިޓަރ، ވައިބަރ، ޓެލެގްރާމް، ވަޓްސްއެޕް ފަދަ އެޕްތަކުންވެސް ލިބޭނެ ކަމަށެވެ.

އަދި، އެލެކްސާ އަދި ގޫގުލް އެސިސްޓަންޓު މެދުވެރިކޮށް ސްމާޓް ހޯމް ވަސީލަތަކުންވެސް "އެވީ" ގެ ޚިދުމަތްތައް ބޭނުންކުރެވޭނެކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ އޮންލައިން ވިޔަފާރިތަކަށް ހާއްސަ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް ކަމަށްވާ "މޫލީ" ވެސް މިއަދު ވަނީ އެފެއާގައި ދައްކާލައިފައެވެ.

މޫލީއަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ، ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށްލަދޭ ޕްލެޓްފޯމެއް ކަމަށް އުރީދޫއިން ބުންޏެވެ. އެގޮތުން ޕްރޮޑަކްޓުތައް އޯޑަރުކުރުން، އޮންލައިންކޮށް ފައިސާދެއްކުން، އަދީ ގަންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ޕްލެޓްފޯމް މެދުވެރިކޮށް ގެންގޮސްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫއިން ބުނީ ކުރިއަތް އޮތް މަސްތަކުގައި، އެ ޕެލްޓްފޯމް މެދުވެރިކޮށް ތަރުކާރީއާއި ގޭތެރޭގެ ސާމާނުން ފެށިގެން، އިލެކްޓްރޯނިކްސް، ކާބޯތަކެތި، އަދި ސިއްހީ އަދި ތައުލީމީ ޚިދުމަތްތައް ފަދަ ތަފާތު ވިޔަފާރިތައްވެސް އޭގެން ކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.