26 Feb 2019, 16:34
އިންޑިއާ އިން ރާއްޖެ އައި 24 އަހަރުގެ ދިވެއްސެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އިންޑިއާ އިން ރާއްޖެ އައި ދިވެހި ފިރިހެނެއްގެ އަތުން ދެ ކިލޯގެ ހަޝިޝް އޮއިލް އަތުލައިގަތީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
މި ތަކެތި އެމީހާ އަތުން އަތުލައިގެންފައި ވަނީ އޭނާގެ ލަގެޖުތެރެއިން މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކޮށްގެން ކަމަށެވެ. އެތަކެތި ހުރީ ޕެކެޓެއްގައި ރައްކާކޮށްފައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
މި މައްސަލާގައި ޝާމިލްވާ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި އެ މައްސަަލަ ފުލުހުން ބަލަމުންދާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.