26 Feb 2019, 14:29
މިދިޔަ ހަފްތާ (ފެބްރުއަރީ 16 އިން 22 އަށް) މަގުމަތީގެ 62 އެކްސިޑެންޓު ހިނގި ކަމަށާއި މި އެކްސިޑެންޓުތަކުގައި ހަ މީހަކަށް އެކިވަރުގެ އަނިޔާވިކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެ މުއްދަތުގައި 1094 ވެހިކަލް ވަނީ ޗެކް ކޮށްފަ އެވެ. މީގެ ތެރޭގައި ލައިސެންސް ނެތި ދުއްވި 752 ވެހިކަލާއި 18 އަހަރުން ދަށުގެ ކުދިން ދުއްވި ފަސް ވެހިކަލެއް ހިމެނެ އެވެ. ލައިސަންސް އޮތް ނަމަވެސް ޗެކު ކުރި ވަގުތު ލައިސެންސް އަތުގައި ނެތް 94 މީހެއް ޗެކު ކުރި އުޅަނދުތަކުގައި ތިބިކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކަ އެވެ.
ފުލުހުން ބުނީ ޓްރެފިކް ނިޝާންތަކަށް ބޯނުލަނބާ 63 ވެހިކަލެއް ވެސް ހިމެނޭ ކަމަށާއި ޓްރެފިކް ލައިޓަށް ބޯ ނުލަނބާ ފަސް ވެހިކަލް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އިންޝުއަރެންސް ނެތި ދުއްވި 201 ވެހިކަލަކާއި އެނުއަލް ފީ ނުދައްކާ 721 ވެހިކަލެއް އަދި ރޯޑްވާދިނަސް ނެތި ދުއްވި 662 ވެހިކަލް ވެސް މީގެ ތެރޭ ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ދުއްވާ އިރު ކަންފަތަށް ހެޑްފޯނު ޖަހައިގެން ނުވަތަ ފޯނުގައި އިނދެ އުޅަނދު ދުއްވި 160 މީހަކު ވެސް ފުލުހުން ވަނީ މި މުއްދަތުގައި ހިފަހައްޓައިފަ އެވެ.
މަގުތައް އަމާންކޮށްބޭއް ވުމަށާއި ޓްރެފިކަށް ހޭލުންތެރި ކުރުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Traffic Management Department - Weekly Works (February 16 to 22)pic.twitter.com/hMdh3t575K
— Maldives Police (@PoliceMv)February 25, 2019