11 Oct 2011, 14:03
ބިދޭސީ އަންހެނެއްގެ ކަރުގައި ވަޅި ޖައްސުމަށްފަހު ރަން ފަށެއް ފޭރުނު ދެ ކުޑަކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެކުދިން ހައްޔަރު ކުރީ އިއްޔެ ހަވީރު ކަމަށާއި ހައްޔަރު ކުރީ ލޮނުޒިޔާރަތް މަގު ވީބީ މާޓް ކައިރިން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި ވަޅިއެއް ޖައްސައި އޭނާގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަނެގެން ދިޔަ ފަހުން ކަމަށެވެ. އެ ދެކުދިންގެ ތެރެއިން އެއް ކުއްޖަކީ 15 އަހަރުގެ ކުއްޖެކެވެ. ދެން ހިމެނެނީ 16 އަހަރުގެ ކުއްޖެކެވެ.
ދެ ކުދިން ފޭރިގަތް ރަން ފަށް ބިދޭސީ އަންހެން މީހާއާ ހަވާލު ކުރުމަށްފަހު މިހާރު ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މައްސަލަ ބަލަން ފަށައިފަ އެވެ.