މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މ. އަތޮޅާއި ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެލާޓް ނެރެފައިވަނީ މިއަދުގެ 13:10 އިން 17:0 އަށެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.