26 Feb 2019, 11:14
ދަމާސްގެ އަށާރަވަނަ އަހަރީ ދުވަހާ ގުޅިގެން ލޭގެ އެހީއަށް ބޭނުންވެފައިވާ ކުދިންނަށް ހާއްސަކޮށް ބްލަޑް ޑޮނޭޝަން ކޭމްޕެއް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް ބްލަޑް ސާވިސްގައި އެ ކޭމްޕް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ދަމާސްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ޝިހާބު ވިދާޅުވީ ކޭމްޕު ކުރިއަށް ގެންދާތާ މިއީ ހަވަނަ އަހަރު ކަމަށާއި ވޭތުވެދިޔަ ކޭމްޕްތައް ވެސް ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދެވުނު ކަމަށެވެ.
"މުޖުތަމައުއަށް ރަނގަޅު އެހީއެއް ދިނުމަށް މި މަސައްކަތް ކުރަނީ. މި ދުވަހަށް މުވައްޒަފުން ވަރަށް ތައްޔާރުވަމުން އައީ. 100 މުވައްޒަފުން ވަނީ ލޭ ހަދިޔާ ކުރުމަށް ލިސްޓްކުރެވިފައި،"
މުޖުތަމައުގައި ތެލެސީމިއާ ކުދިން ގިނަ ކަމަށާއި އެފަދަ ކުދިންނަށް އެހީތެރިވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވީ އެފަދަ ޕްރޮގްރާމްތައް ހިންގުމުން މުވައްޒަފުންގެ އާދަކާދައަށް ބަދަލު އަންނަ ކަމަށާއި އެ ބަދަލީ ހެޔޮ ބަދަލުތަކެއް ކަމަށެވެ.