ހދ. ނެއްލައިދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކޮށްފިއެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރައްޔިތުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ރައީސް އަށް ދަންނަވައިފައެވެ. އެގޮތުން ރަށުގެ ބިމުގެ ދަތިކަމާއި ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމުން ދިމާވާ ގޮންޖެހުންތައް އަދި ބަނދަރުގެ މައްސަލަތައް ކައުންސިލުން ވަނީ ރައީސްއާ ހިއްސާކޮށްފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު ވަސީލަތްތަކާއި ޑޮކްޓަރުން ބޭނުންވާކަންވެސް ރައީސް އަށް ދަންނަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ނެއްލައިދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވައިފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.