26 Feb 2019, 09:55
ވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް މާލޭ، ނޯތު ހާބަރު ސަރަހައްދުން ބަންޑުން ޖަހާލައިފި އެވެ.
އެމްއެންޑީއެފް އަށް މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ، މިއަދު ހެނދުނު 8:45 އެހާކަށް ހާއިރު އެވެ.
އެމްއެންޑީއެފް އިން ބުނީ "ކުރިމަގު" ނަމަކަށް ކިޔާ އެ ދޯނު ބަންޑުން ޖަހާލި އިރު، އެ ދޯނީގައި ހަތް ބިދޭސީންނާއި އެއް ދިވެއްސަކު ހިމެނެއެވެ. ޖުމްލަ ހަތް މީހަކު އެދޯނީގައި ހިމެނޭ ކަމަށެވެ.
އެމްއެންޑީްއެފް އިން ބުނީ، މިހާދިސާގައި ބިދޭސީ މީހެއްގެ ކަށިމަތި ކުޑަ ތަންކޮޅެއް ހަލާކުވެފައިވާ ކަަމަށާއި ނަމަވެސް އިތުރު މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

ބަންޑުން ޖަހާލި ދޯނީގައި ތިބި މީހުންނަށް އެމްއެންޑީއެފް އިން އެހީތެރެވަނީ -- ފޮޓޯ/ އެމްއެންޑީއެފް
ދޯނީގައި ތިބި އެ ހަތް މީހުންގެ ތެރެއިން ހަ މީހުން އެސްޓީއޯ ޒިބާރާ ޓަގަށް ނަގައި، އެކަކު ކޯސްޓްގާޑަށް ލޯންޗަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.