ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި އޭނާގެ ފިރިމީހާ ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ލަވަ އަލްބަމެއް ނެރުމުގެ ތައްޔާރީތައް ވާން ފަށާފިއެވެ.

ޕްރިޔަންކާ އާއި ނިކް އެކުގައި ލަވަ އަލްބަމެއް ނެރޭނެކަމަށް ބޭރުގެ މީޑިއާތަކުން ހާމަކުރި ނަމަވެސް އެދެތަރިން މިކަމާ ގުޅޭގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.

ޕްރިޔަންކާ ވަނީ ހޮލީވުޑްގެ ބައެއް ލަވަތަށް ވެސް ކިޔާފައެވެ. އަދި ބޮލީވުޑަށް ވެސް އޭނާ ވަނީ ލަވަ ކިޔާދީފައެވެ. އޭގެ ތެރޭގައި އޭނާ އެކްޓްކުރި ފިލްމު "ދިލް ދަޅަކް ނޭ ދޯ"ގައި އޭނާ ވަނީ ޑުއެޓެއް ކިޔާދީފައެވެ.

ދެމަފިރިން ލަވަ އަލްބަމެއްގެ މަސައްކަތްކުރާ ކަމަށް ހަބަރުތައް ބުނަން ފެށިއިރު ގިނަ ބަޔަކު ބުނަނީ އެ އަލްބަމް ވެގެންދާނީ އެންމެންނަށްވެސް ކަމުދާ އަލްބަމަކަށެވެ. އަދި ދެމަފިރިން އެކުގައި ލަވަ ކިޔާތަން އަޑުއެހުމަކީ އުންމީދެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.