މި އަހަރުގެ އޭޕްރިލް ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޚާއްސަކޮށް "މަގޭ ކެނޑިޑޭޓް"ގެ ނަމުގައި ސަން އޮންލައިނުން ލޯންޗުކޮށްފިއެވެ.

"މަގޭ ކެނޑިޑޭޓް" ޕޭޖަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން "ސަން"އިން ކަވަރުކުރާ ހުރިހާ ޚަބަރެއް އެއް ތަނަކުން ބަލައިލެވޭނެ ޕޭޖެކެވެ.

ޚަބަރުތައް އެއް ތަނަކުން ބަލާލުމުގެ ފަސޭހައިގެ އިތުރުން، މި އަހަރުގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން އިޝްތިހާރުކުރުމަށް "ސަން"އިން ވަނީ ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ.

މިފަހަރުގެ އިންތިހާބުގައި 87 ދާއިރާއަށް ކެނޑިޑޭޓުން ވާދަކުރާ އިރު، އެ ކެނޑިޑޭޓުންނާ ބެހޭ މައުލޫމާތުވެސް "މަގޭ ކެނޑިޑޭޓު" ޕޭޖުން ބަލައިލެވޭނެއެވެ.

އެގޮތުން، ކޮންމެ ދާއިރާއަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަން ލިސްޓު މި ޕޭޖުން ބަލައިލެވޭ އިރު، "ސަން"ގެ ޕެކޭޖު ބައްލަވައިގަންނަ ކެނޑިޑޭޓަކަށް އެ ކެނޑިޑޭޓުގެ މައުލޫމާތާއި، އިންތިހާބުގައި ވާދަކުރާ ސަބަބުތަކާއި އަދި އިންތިހާބީ ވައުދުތައް ހިމެނޭ ޚާއްސަ ޕްރޮފައިލަކާއެކު "މަގޭ ކެނޑިޑޭޓު"ގައި ފީޗާކުރެވޭނެއެވެ.

މީގެ އިތުރުންވެސް ކެނޑިޑޭޓުންގެ އިޝްތިހާރުތައް ސަން އޮންލައިންގެ "މަގޭ ކެނޑިޑޭޓު" ޕޭޖުގައި ޖެހުމަށްޓަކައި ޚާއްސަ އެޑް ސްލޮޓްތަކެއްވެސް ވަނީ ކަނޑައެޅިފައެވެ.

"މަގޭ ކެނޑިޑޭޓު"ގައި ޕްރޮފައިލާއި އިޝްތިހާރު ޖެހުމަށް ޝައުގުވެރިވާ ކެނޑިޑޭޓުންނަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ސަން މީޑިއާ ގްރޫޕުގެ މާކެޓިންގް ހޮޓްލައިން 7970076 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.