25 Feb 2019, 22:43
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު ސޮއި ކުރައްވައިފި އެވެ.
އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނަށެވެ. އީސީއިން އޭނާއަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
އެއާއެކު ޕާޓީއަށް މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން، މިރޭ މިނިސްޓަރު އާތިފާ ވަނީ އެމްއާރްއެމްއަށް ސޮއި ކުރައްވާފަ އެވެ.
“Raees Maumoon aai eku MRM ah”
Maruhabaa MRM ah.
Hon Min Athifa#Maahdhaa4#Majilis2019#MRMkerigenkuriah#MavesMRMpic.twitter.com/mKSiwSbivJ— Maldives Reform Movement (MRM) ???????? (@MRM_Office)February 25, 2019
ރައީސް ޔާމީން އާއި ރައީސް މައުމޫންއާ ދެމެދު ދެބަސްވުންތައް އުފެދި ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެެދުނު އިރު އާތިފާ ހުންނެވީ ރައީސް މައުމޫންގެ އަރިހުގަ އެވެ. އާތިފާއަށް މިނިސްޓަރުކަން ލިބިވަޑައިގެންނެވީ ވެސް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނުނު ރައީސް މައުމޫންގެ ފެކްޝަނުގެ ސްލޮޓުންނެވެ.
މިނިސްޓަރު އާތިފާ އެމްއާރްއެމްއަށް ސޮއި ކުރައްވާފައިވާ އިރު ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އާއި އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި ރައީސް މައުމޫންގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވަމުން ގެންދަވާ އިބްރާހިމް ޒިޔަތުވެސް މިރޭ ވަނީ އެމްއާރްއެމްއަށް ސޮއި ކުރައްވައިފަ އެވެ.