25 Feb 2019, 21:06
ބޭރުގެ ބޯޓެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ދެ މީހުންނަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ ރާއްޖޭގެ ބޭރު ކަނޑުގެ 760 މޭލުން ބޭރުގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިދޔަ ބުދަ ދުވަހު ކަމަށެވެ. އަދި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާއެކު ރާއްޖެ ސަރަހައްދަށް ކައިރިކުރުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ލޯންޗެއްގައި ގޮސް އެ ދެ މީހުން ނެގީ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ދެމީހުން ހިތަދޫ ހޮސްޕިޓަލަށް ގެންދިއައީ މިރޭ 07:35 ގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ދެމީހުންނަކީވެސް އިންޑޮނީޝިއާ ދެމީހުންކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.