ގްރީން ޒޯނުގެ ތެރޭގައި ހުންނަ ހުކުރު މިސްކިތުގެ ސްޕީކަރުތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން ޗީފް އިންސްޕެކްޓަރ އިޒްމިއާ ޒާހިރު "ސަން"އަށް ވިދާޅުވީ، ވަގަށް ގެންގޮސްފައި ވަނީ މިސްކިތުގައި ހަރުކޮށްފައި ހުރި ދެ ސްޕީކަރު ކަމަށެވެ.

އޭނާ ވިދާޅުވީ، ފުލުހުންނަށް އެ މައްސަލަ ހުށަހެޅުނީ މިިދިޔަ ހުކުރު ދުވަހުގެ 20:13 އެހާކަންހާއިރު ކަމަށެވެ.

އިޒްމިއާ ވިދާޅުވީ، އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.