އއ. ކުރަމަތި އައިލެންޑް ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4:50 އެހާކަށް ހާއިރު އެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި މަރުވެފައިވަނީ، 60 އަހަރުގެ ޖަރުމަނު އެންހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މިއަދު ކުރަމަތި ރިސޯޓުން ފަތުރުވެރިއަކު މަރުވެފައިވާއިރު، ވޭތުވެދިޔަ ތިން މަސް ދުވަސް ތެރޭގައި ގިނަ އަދަދަކަށް ފަތުރުވެރިން ގެނބިގެން ވަނީ މަރުވެފައެވެ.