އިންޑިއާގެ ޕޫނޭއިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

އިންޑިއާގެ ނޫހަކުން ބުނީ ޕޫނޭއިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފައި ވަނީ އެ ގައުމުގެ އިންޑިގޯ އެއާލައިން ކަމަށެވެ. އިންޑިގޯއަކީ އިންޑިއާގެ ބަޖެޓް އެއާލައިންއެއް ވެސްމެ އެވެ.

އަދި ދަތުރުތައް ފަށަން ނިންމައިފައި ވަނީ އަންނަ މަހު ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އެހެން ނަމަވެސް ޕޫނޭއިން ސީދާ ދަތުރުނުކުރާނެ ކަމަށާއި ރާއްޖެ އަށް ދަތުރުކުރަނީ ބެންގަލޫރުގައި ޖެއްސުމަށް ފަހު ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.

އިންޑިގޯ އެއާލައިން މިހާރު ވެސް އިންޑިއާގެ ތިން ސިޓީ ކަމަށްވާ ކޮޗިން ބެންގަލޫރު އަދި މުމްބާއީން ރާއްޖެއަށް ދަނީ ދަތުރުތައް ކުރަމުންނެވެ.

ރާއްޖެއަށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ އަހަރަކު ވެސް ޒިޔާރަތް ކުރެއެވެ. އަދި ޕޫނޭއިން ދަތުރުތައް ފެށުމުން ރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން އައުމަށް ފަސޭހަވެގެން ދާނެ އެވެ.