އަންނަ އޭޕްރީލް މަހުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ މެޑިކަލް ސްކޫލުގައި ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ އައިޝަތު ޝާހީން ވިދާޅުވީ އެ މެޑިކަލް ހޮސްޕިޓަލްގެ ދަރުމަވަންތަ ސްކޫލުގައި ކިޔަވައިދިނުމަށްވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

"މިހާރު އެތަނުގައި އިކުއިޕްމަންޓްސް ހަރުކުރުމުގެ މަސައްކަތް ކުރިއަށް މިހާރު ދަނީ. އެތަނުގައި ހުންނާނެ އޮޑިޓޯރިއަމްއަކާއި ޓިއުޓޯރިއަލް ރޫމްއަކާއި ލެބެއް ވެސް." އޭނާ ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ އެތަނުގައި ފަސް ބެޗަކަށް ކިޔަވައިދިނުމުގެ ޖާގަ ހުންނާނެ ކަމަށެެވެ.

މެޑިކަލް ސްކޫލުގެ ދަރިވަރުންނަށް ޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރަތަމަ ދެ ފަންގިފިލާ ވަނީ ހާއްސަކޮށްފަ އެވެ.

އެމްބީބީއެސްގެ ފުރަތަމަ ބެޗް މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ. އަދި އެ ބެޗްގެ ބެޗު ބައެއް މޮޑިއުލްތައް މެލޭޝިއާގެ ޔުނިވާސިޓީއެއްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެމްބީބީއެސް ކޯހުގެ ދެވަނަ ބެޗަށް ކުރިމަތިލުމުގެ މުއްދަތު އެމްއެންޔޫ އިން ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިތުރު ވެސް ކޮށްފަ އެވެ.

ނަމަވެސް ރާއްޖޭގެ ސަރުކާރުގެ ޔުނިވާސިޓީތަކުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާ އެކު، ރާއްޖޭގައި ޑޮކްޓަރުކަން ވެސް މިހާރު ހިލޭ ކިޔެވެ އެވެ.