25 Feb 2019, 12:16
އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ރާއްޖެއަށް ދިން 17 ސްކޮލަޝިޕްއަކަށް ކުރިމަތިލުމަށްހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އައިސީސީއާރުގެ ސްކޮލަޝިޕްގެ ދަށުން 17 ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަށް ބެޗްލާސް ޑިގްރީގެ ފުރުސަތާއި އަދި ނުވަ މާސްޓާސް ޑިގްރީގެ ފުރުސަތު ހިމެނެއެވެ.
އެ ފުރުސަތުތަކުގެ ދަށުން މެޑިކަލް އަދި ފެޝަން ދާއިރާ ފިޔަވައި އެހެން ދާއިރާތައް ފިޔަވައި އެހެން ދާއިރާތަކުގެ ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޮލަރޝިޕްގެ ދަށުން އެޑްމިޝަން ލިބޭ ފަރާތްތައް ހުންނަން ޖެހެނީ ޔުނިވަރސިޓީގެ ހޮސްޓެލްގައި ކަމަށެވެ.
އެ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަންއާއި އެހެނިހެން ލިޔެކިޔުންތައް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.