25 Feb 2019, 11:39
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރާ ފެރީތައް ފުރުން މާލެ-ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކޮށްފި އެވެ.
އެއާޕޯޓު ފެރީގެ ހިދުމަތްދޭ އެއާޕޯޓް ފެރީ އޮޕަރޭޓާސް އިން ބުނެފައި ވަނީ ރެއިން ފެށިގެން އެއާޕޯޓު ފެރީ މާލެ އިން ފުރާނީ ހުޅުމާލެ ފެރީ ޓާމިނަލުން ކަމަށެވެ.
ސިނަމާލެ ބްރިޖާ އެކު ފެރީ އިން ދަތުރު ކުރާ މީހުން މަދުވެ، ފެރީ ޓާމިނަލް އޮންނަނީ ވަރަށް ބޮޑަށް ހުސްކޮށެވެ. ހުޅުމާލެ އާއި މާލެ އާއި ދެމެދު މިހާރު ހިދުމަތްދެނީ ހަމައެކަނި ޕްރިމިއަމް ފެރީ އެވެ.
މިއާއެކު މީގެ ކުރިން އާދައިގެ ފެރީ އިން ދަތުރު ކުރާ ފަސިންޖަރުން ބޭނުންކުރި ސަރަހައްދު އޮންނަނީ ހުސްކޮށެވެ. ހުޅުލެ ފެރީ އިން ދަތުރުކުރާ ފަސިންޖަރުން ބޭނުންކުރާނީ މި ސަރަހައްދެވެ.