25 Feb 2019, 11:31
މި އަހަރުގެ 91 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމަކަށް "ގްރީން ބުކް"ހޮވި އެންމެ މޮޅު އެކްޓަރުގެ މަގާމު ގޯލްޑެން ގްލޯބް އަދި ބަފްޓާ އެވޯޑުގައި ވެސް އެ މަގާމު ކާމިޔާބުކުރި "ބޮހީމިއަން ރާޕްސޮޑީ" ގެ އެކްޓަރު ރަމީ މާލިކަށް ލިބިއްޖެއެވެ.
އެންމެ މޮޅު ފިލްމަށް އަށް ފިލްމު ވާދަކުރިއިރު އެންމެ މޮޅު ބަތަލާގެ އެވޯޑު ހާސިލްކުރީ "ދަ ފޭވަރިޓް"ގެ އޮލީވިއާ ކޮލްމަންއެވެ.
އެވޯޑު ހަފްލާގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ގެންދިޔައީ އެންމެ މޮޅު ބޭރު ފިލްމުގެ މަގާމު ވެސް ހޯދި "ރޯމާ" ގެ ޑައިރެކްޓަރު އަލްފޮންސޯ ކްއަރޯން އެވެ.
ލޮސް އެންޖެލިސްގައި މިއަހަރުގެ އޮސްކާ ބޭއްވިއިރު އެ ހަފްލާގައި ވަނީ މަރުވި ފަންނާނުންގެ ހަނދާންވެސް އާކޮށްފައެވެ.
އެންމެ މޮޅު ވިޝުއެލް އިފެކްޓްސްގެ އެވޯޑް ލިބިފައިވަނީ ބަފްޓާ އެވޯޑުގައި އެ މަގާމު ހާސިލްކުރި "ބްލެކް ޕެންތާ"އެވެ.