25 Feb 2019, 11:17
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 100 ދުވަސް ފުރިއްޖެއެވެ.
ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމާ ހަވާލުވީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިއާއެކު ބަންދު ދުވަސްތައް ހިމަނައިގެން ބަލާނަމަ، ސަރުކާރަށް 100 ދުވަސް ފުރިހަމަވެފައިވަނީ އިއްޔެ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ވައުދުތަކެއް ކަނޑައަޅާފައިވާއިރު އެ ވައުދުތައް ފުރިހަމަ ކުރުމަށް ދުވަސް ގުނާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.
ބަންދު ދުވަސްތައް ނުހިމަނައި، ސަރުކާރަށް 100 ދުވަސް ފުރޭނީ އަންނަ މަހުގެ 27 ވަނަ ދުވަހުއެވެ. ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރުމަށް ޖުމްލަ 161 ވައުދު ކަނޑައަޅާފައި ވެއެވެ.