ނަވާރަސަތޭކަ އަށްޑިހަ ތިންވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ޖާނޭ ބީ ދޯ ޔާރޯ"ގެ ސީކުއަލްއެއް ހެދުމަށް ނިންމައިފިއެވެ.

މަޝްހޫރު ޑިސްޓްރިބިއުޓަރު ގިރިޝް ޖޯހަރު ކުރި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުވެސްކޮށްދީފައެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އެ ފިލްމުގެ ޑައިރެކްޓަރު ކުންދަން ޝާހް މަރުވިއިރު ފިލްމުގެ ރީމޭކް ހަދާނެ ޑައިރެކްޓަރެއް އަދި ނޭނގެއެވެ. ފިލްމުގައި ފެނިގެންދިޔަ ބައެއް ތަރިން ފިލްމުގެ ރީމޭކްއިން ފެނިގެންދާނެ ކަމަށް ބޮޮލީވުޑްގެ ހަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި ބަސްވާނީ އަދި ނަސީރުއްދީން ހިމެނެއެވެ.

ތިރީސް ހަ އަހަރަށްފަހު ފިލްމުގެ ރީމޭކް ހަދަން ނިންމިއިރު މި އަހަރަކީ ބޮލީވުޑްގެ ކުރީގެ ގިނަ ފިލްމުތަކެއްގެ ރީމޭކް ހަދަން އިއުލާން ކުރަމުން އަންނަ އަހަރެކެވެ. އޭގެ ތެރޭގައި ނަވާރަސަތޭކަ ހަތްދިހަ އަށްވަނަ އަހަރު ނުތް ކާމިޔާބު ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ހިމެނެއެވެ.

"ޖާނޭ ބީ ދޯ ޔާރޯ" އަކީ ކޮމެޑީ ފިލްމެކެވެ.