މި މަހުގެ ފަސްވަނަ ދުވަހު އައްޑޫސިޓީ އގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރުން ވަގަން ނެގި އެ އޮފީހުގެ ތިޖޫރީ ހޯދައިފިއެވެ.

ފުލުހުން ބުނީ އިކޮނޮމިކް މިނިސްޓްރީ ބިޒްނަސް ސެންޓަރުން ވަގަށް ނެގިކަމަށް ބެލެވޭ ތިޖޫރީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލު ފުއްޓަރު ފަރާތު ވަލުތެރެއިން ފެނިފައިވާ ކަމަށެވެ.

އެ ސަރަހައްދު ބަލާ ފާސްކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

ތިޖޫރީ ވަގަށް ނެގިއިރު ބައިލައްކައެއްހައި ރުފިޔާ ހުރ ނަމަވެސް ތިޖޫރީ ފެނުނުއިރު ފައިސާ ފެނިފައިވާކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.