ގ. އީލާމްގޭގެ ފަސް ވަނަ ފަންގިފިލާގައި މިއަދު އަލިފާނުގެ ހާދިސާ ހިނގީ އެގޭގައު ހުރި އެއާކޮންޑިޝަންގެ އިންޑީ ޔުނިޓުގައި ރޯވެގެންކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ އެގޭގެ ކޮޓަރިއެއްގައި ހުރި އޭސީ އިންޑޯ ޔުނިޓުގައި ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން އިންޑޯ ޔުނިޓު ވެއްޓިފައިވާ ކަމަށެވެ. މިހާދިސާގައި އެ ގޭގައި ބޭނުންކުރާ ފަރުނީޗަރަށާއި ހިފާ ގެންގުޅޭ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އީލާމްގޭގެ ތިރީ ފަންގިފިލާއެއްގައި ދިއިއުޅޭ މީހަކު ބުނީ އަލިފާން ރޯވީ ބާރު އަޑެއް ގޮވާފައި ކަމަށާއި އަލިފާން ރޯވިއިރު އެފަންގިފިލާގައި އެއްވެސް މީހަކު ނޫޅޭ ކަމަށެވެ.

އަލިފާންގަނޑު ނިންވާލާފައިވަނީ ފުލުހުންނާއި ސިފައިން އަދި އާންމުން ގުޅިގެން ކުރި މަސައްކަތުން ނެވެ.