މާލޭގައި ހުންނަ ގެއެއްގެ ހަވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.

އަލިފާން ރޯވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ކައިރީގައި ހުންނަ ގ. އީލާމްގެ ހަވަނަ ފަންގިފިލާގައެވެ. އަލިފާންރޯވީ މެރާކީ ރެސްޓޯރަންޓް ހުންނަ އިމާރާތުގައެވެ.

އަލިފާން ރޯވި ގޭގެ ތިރީ ފަންގިފިލާއެއްގައި އުޅޭ މިހަކު ބުނީ އަލިފާން ރޯވީ ބާރު އަޑެއް ގޮވާފައި ކަމަށާއި އަލިފާން ރޯވިއިރު އެފަންގިފިލާގައި އެއްވެސް މީހަކު ނޫޅޭ ކަމަށެވެ.

ފުލުހުންނާއި ސިފައިން އަދި އާންމުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ