ދިއްލީ (ފެބްރުއަރީ 24): ކަޝްމީރުގެ މިނިވަން ކަމަށް ތާއިދު ކުރާ 150 މީހަކު އިންޑިއާއިން ފާއިތުވި ދެ ދުވަސް ތެރޭ ހައްޔަރުކޮށްފި އެވެ.

ހުކުރު ދުވަހުގެ ރެއިން ފެށިގެން އިންޑިއާއިން ކަޝްމީރުގެ މީހުން ކުރަން ފެށީ މިމަހުގެ 14 ގައި ކަޝްމީރުގައި ދިން ހަމަލާއެއްގައި އިންޑިއާގެ 40 އަށް ވުރެ ގިނަ ޕެރެމިލިޓަރީ އޮފިސަރުން މަރާލި ފަހުންނެވެ. އިންޑިއާއިން ވަނީ އެހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާން ކަމަށާއި ހަމަލާދިން ބަޔަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނައީ ކަޝްމީރުގެ މިނިވަންކަމަށް ތާއިދު ކުރާ ޖަމާއަތެއް ކަމަށްވާ ޖަމާއަތީ އިސްލާމީގެ ލީޑަރުންނާއި އެކްޓިވިސްޓުންނެވެ. އޭގެ ތެރޭގައި ޖަމާއަތީ އިސްލާމީގެ ލީޑަރެއް ކަމަށްވާ އަބްދުލް ހަމީދު ފަޔާޒާއި ޖައްމޫކަޝްމީރު ލިބަރޭޝަން ފްރޮންޓުގެ ލީޑަރު މުހައްމަދު ޔާސިން މަލިކު ހިމެނެ އެވެ.

މީގެ އިތުރުން އިއްޔެ އިންޑިއާއިން ވަނީ ކަޝްމީރަށް އިތުރު 10،000 ޕެރެމިލިޓަރީ ސިފައިން ފޮނުވާފަ އެވެ. އަދި މީގެ ކުރިން އިންޑިއާއިން ވަނީ ކަޝްމީރުގެ މިނިވަންކަމަށް ތާއީދު ކުރާ ހަތަރު ލީޑަރުންނަށް ސެކިއުރިޓީ ދިނުން ހުއްޓާލާފަ އެވެ.