ލީޑު ރޯލުން ޒަހީރު އިގްބާލް އާއި ޕްރަނުތަން ބަލެ ފެނިގެންދާ ފިލްމު "ނޯޓްބުކް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

އެ ފިލްމަކީ ޒަހީރު އިގްބާލް އަދި ޕްރަނުތަން ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. ފިލްމުގެ ޓްރެއިލާ އިއްޔެ އާންމުކޮށްފައިވާއިރު އެ ޓްރެއިލާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. ދެތަރިންގެ އެކްޓިންނަށް ވެސް ބެލުންތެރިން އަންނަނީ ވަރަށް ބޮޑަށް ތައުރީފްކުރަމުންނެވެ.

ފިލްމުގައި ޒަހީތު އާއި ޕްރަނުތަން ފެނިގެންދަނީ ޓީޗަރެއްގެ ރޯލުންނެވެ. ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ އެ ފިލްމު ޕްރިމިއާކުރާނީ އަންނަ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ.

އެ ފިލްމަކީ ސަލްމާން ހާން ޕްރޮޑަކްޝަންއިން އުފައްދާ ފިލްމެކެވެ.